މި އަހަރުގެ ރޯދަ މަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލެ ރަޝީދު މިސްކިތުގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުވެސް ޝަމީމު އިމާމުވެ ތަރާވީހު ނަމާދު ކުރެއްވީ އެ މިސްކިތުގަ އެވެ. ނަމަވެސް ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި ވަކި ހިސާބަކުން ތަރާވީހު ނަމާދު ކުރެއްވުން މެދުކަނޑާލެއްވި އެވެ.
އެ ފަހަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މާލޭގައި އެންމެ ގިނަ ބަޔަކަށް އެއްފަހަރާ ނަމާދު ކުރެވޭ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރާނީ ޒުވާން ހަތީބުންނެވެ.



