އެސްޓީއޯ އިން ގެނައި ލުނބޯ ޝިޕްމަންޓް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ތާޒާ އަދި ރަހަމީރު ލުނބޯ މިހާރު އެ ފިހާރައިން ލިބެން އެބަހުރި ކަމަށެވެ.
އެސްޓީއޯ އިން ލުނބޯ ވިއްކަނީ ކިލޯއެއް 40 ރުފިޔާއަށެވެ. އެއް ކާޓަން 145 ރުފިޔާއަށް ވިއްކަމުންދާއިރު, ފަސް ކާޓަން ވިއްކަމުންދަނީ 135 ރުފިޔާއަށެވެ. އޭގެ އިތުރުން 5 ކިލޯގެ ފޮށިވެސް ދަނީ ވިއްކަމުންނެވެ.
އެސްޓީއޯ އިން ލުނބޯ ގެނެސް ވިއްކަން ފެށި އިރު, ބާޒާރުގައި ލުނބޯ އަގު އުޅެނީ ކިލޯއެއް 60 ރުފިޔާއަށެވެ.
ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އިން ދަނީ ދުރާލާ ތައްޔާރުވަމުންނެވެ.
އެގޮތުން ބާޒާރުގައި އަގު މައްޗަށްދާ ބާވަތްތައް ދެނެގަނެ, ދުވެހުން ދުވަހަށް ބާޒާރުގެ އަގުތައް އެ ކުންފުނިން ދަނީ މޮނީޓާކުރަމުންނެވެ.

1 Comment
ގުޅުންހުރި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
އެލައިޑް ފެސްޓް މާލެއިން ބޭރަށް، އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާގެ ފައިދާއެއް
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!