ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ގުޅިގެން ހާއްސަ ދަރުހެއް ބާއްވަން ނިންމައިފި އެވެ.
”ތިބާގެ ރައްބާ ތިބާ ދުރުހެލިކޮށްލީ ކޮން ކަމެއް ހެއްޔެވެ؟“ މި މައުޟޫއަށް އެ ދަރުސް ދެއްވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ހުސެއިނެވެ.
ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:15 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ދަރުހަށް އަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުހަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އަލަށް ފަށާ ’އައްތަޒްކީރް“ ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަރުހެއް ކަމަށެވެ.



