ހދ. ކުޅުދުއްފުށީގަައި ސިހުރުގެ މައްސަލަ ބޮޑުވެ، އެ ރަށު ބައެއް ގެތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ސިހުރުގެ މައްސަލަތަކަކާއި ގުޅިގެން ކުޅުދުއްފުށީގެ 10 ގެއެއް ބަލައިފާސް ކުރަމުންދާ ކަމަށެވެ.
އެ ރަށުން މި ނޫހަށް މައުލޫމާތުދިން މީހަކު ބުނީ ރަށުގައި ސިހުރު ކަންތައް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. ގޭގެއަށް ސިހުރު ހަދާތީ މިހާރު ގިނަ ގެތަކުގައި ހުންނަނީ ކެމެރާ ވެސް ހަރުކޮށްފައި ކަމަށް އޭނާ ބުންޏެވެ.
ކުޅުދުއްފުށީގެ ބައެއް ގެތަކަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މިފަހުން ދައުރުވެފައިވެ އެވެ.



