އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކަށް ގްރޫމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހަށް ރިިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހު ކަމަށެވެ.
މިއީ ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ.
”މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،“ ފުލުހުން ބުންޏެވެ.
މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރަށާއި އަތޮޅު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.



