ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީއެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަންތައް ކަމަށްވެސް ބުންޏެވެ.
ޑިޓެންޝަންގައި ތިބި ބަޔަކު ކާނާ ވިހަވި ކަމުގެ މައުލޫމާތު ލިބިގެން އެތަނުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.



