ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
އެ ހޮސްޕިޓަލް ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރެވެ.
ހެލްތް މިނިސްޓްރީން ބުނާ ގޮތުން 50 އެނދުގެ އެ އިމާރާތް ހަދަން އާރުޑީސީއާ ހަވާލުކުރީ 181 މިލިއަން ރުފިޔާއަށް، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ހިދުމަތް ދެވޭނެ އިމަޖެންސީ އީއާރެއް ވެސް އެ ތަނުގައި އާރްޑީސީން ހަދާނެ ކަމަށެވެ.
އާ ހޮސްޕިޓަލް އިމާރާތްތައް ގާއިމްކޮށް ނިމި ހިދުމަތްދޭން ފެށުމުން، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މެމޮގްރަފީއައި ދަތުގެ ރޭޑިއޯގްރާފް ނުވަތަ ޑެންޓަލް އޯޕީޖީއާއި ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓަރެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ބޭނުންވާނެ ފެސިލިޓީއެއް ވެސް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އައު އިމާރާތުގައި ހިމެނޭނީ:
– ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީއެއް
– ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމަށް، ސޯލާ ޕީވީ ސިސްޓަމެއް
– ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން
– ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް
– ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް
– ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް

ގުޅުންހުރި
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ވެލިދޫ އާ ހޮސްޕިޓަލާއި ފެންފުށީ އާ ސިއްހީ މަރުކަޒު ހަދަން އާރުޑީސީ
ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
ތެލެސީމިއާ ކުދިން މުޒާހަރާއަށް ނުކުތުމުން ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް