ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް އެދިވަޑައިގެން އެކަމުގެ ލަފަޔަކަށް މަޖިލީހުގައި އެދިފަ އެވެ. ރައީސް އެގޮތަށް އެދިވަޑައިގަތީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުންނެވެ.
އިސްލާހީ އެޖެންޑާގައިވާ ގޮތުން މިނިވަން މުއައްސަސާތަކުގައި އަސާސީ މުސާރަ 12،000 އަށް ވުރެ މަތިން ލިބޭ ނަމަ 10 ޕަސެންޓު އުނި ކުރުމަށާއި މަޖިލީހަށް ފެންނަ ނަމަ ޝަރުއީ ދާއިރާ އާއި މަޖިލިހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް ކުޑަ ކުރުމެވެ. އަދި މެންބަރުންގެ މުސާރައިން ވެސް 10 ޕަސަންޓު ކުޑަކުރުމަށެވެ.
ރައީސް އެދިވަޑައިގެންނެވި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް މާލިއްޔަތު ކޮމިޓީން ވެސް ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގަައި މާލިއްޔަތު ކޮމިޓީން އެގޮތަށް ފާސްކުރި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ރަނގަޅުކުރުމުގެ ބޭނުމުގައި ތަންފީޒު ކުރަން ނިންމާފައިވާ އެ އިސްލާހީ އެޖެންޑާގެ ދަށުން ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސްބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަަވައިފަ އެވެ.
އަދި ވަނީ އެ މަނިކުފާނު ވެސް ވަނީ އަމިިއްލަފުޅު މުސާރަ އިން 50 ޕަސެންޓް ނުނެންގެވުމަށް ނިންމަވައިފަ އެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތައް މޮނިޓާކުރާ ޕީސީބީން ވަނީ ކުންފުނިތަކުގެ ވެރިންގެ މުސާރަ ވެސް ލިމިޓު ކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000 ރުފިޔަ ކަމަށް ޕީސީބީން ވަނީ ކަނޑައަޅައިފަ އެވެ.




1 Comment
ގުޅުންހުރި
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް