ފިރިހެން ދަރިވަރަކު ގްރޫމްކުރި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ ޓީޗަރު މަސައްކަތް ކުރާ ސްކޫލުން އެ މަައްސަލަ ބެލުމަށްފަހު މިހާރު އެ ޓީޗަރު ވަޒީފާއިން ވަކިކޮށްފަައިވާ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މިމަހު 20 ގަައި ބުނެފައިވަނީ އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކަށް ގްރޫމްކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ފުލުހަށް ރިިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިއީ ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
”މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،“ ފުލުހުން ބުންޏެވެ.
މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރަށާއި އަތޮޅު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ފަސް ދައުވާއެއް
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި