މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.
ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން އެ ހަރަކާތް ހިންގީ މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެންނެވެ.
އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދާއި ޗެއާޕާސަން ޝަމްހޫޒާ އަހުމަދެވެ.
އެ ހަރަކާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހެދި ރާއްޖޭގެ އެންމެ ބޮޑު ފެންތާނގީ ބޭނުންކުރަން ފަށައިފި
އެމްޑަބްލިޔުއެސްސީން ކެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް
ކެންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަންކޮށްފި