މިދިޔަ ސަރުކާރުގައި ފެށި ބިންވެރިޔާ ސްކީމުގެ ތެރެއިން ގުޅިފަޅުން ގޯތި ލިބުނު އެންމެންނަށް ދެތިން މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް، އިންވަކިކޮށް ގޯތި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގުޅީ ފަޅުން 3520 ގޯތި ދޫކުރާއިރު މިދިޔަ ސަރުކާރުގައި އެ ފަރާތްތަކުގެ ގުރުއަތު ނެގުމުގެ ކަންކަންވެސް ކުރިއަށް ގެންދިޔަ އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ހުރިހާ އެންމެންނަށް މިހާރު ހިއްކާ ނިންމާފައި އޮތް ސަރަހައްދުން ގޯތި ހަމަޖެހިގެންދާނެ ކަމަށާއި ތިލަމާލެ ބްރިޖު އަޅާ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ފިޔަވައި، ގޯތި ލިބުނު އެންމެންނަށް ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.
ގިރާވަރުފަޅަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ތަން ހިއްކަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައި އޮތީ ވަރަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތާ ސަރުކާރުން ހަވާލުވެ، އެތަން ހިއްކައި ނިންމައި އެ ތަނުން ގޯތި ލިބުނު އެންމެންނަށްވެސް ގޯތި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އުތުރު ތިލަފަޅުން އިތުރު 125 ވަރަކަށް ހެކްޓަރު މިއަހަރު ހިއްކަން ފަށައި، އަންނަ އަހަރަށް ނިމޭނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ތިނެއް މި އަހަރުގެ ޖުލައި މަހު ހިއްކައި ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

13 Comments
ގުޅުންހުރި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ