ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުކުރި މައްސަލައިގެ އަޑުއެހުމަށް ކުޑަތަން ވެފައިވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:
އަޒްމިރަލްދާ ޒާހިރު
މަހާޒު އަލީ ޒާހިރު
ހުސްނުއްސުއޫދު
ޖޭއެސްސީން މިއަދު ބުނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ފަނޑިޔާރުންނާ ގުޅުން ހުރި މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާތީ ކަމަށެވެ.
ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީން ހިއްސާއެއް ނުކުރެއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައެވެ. އެ ބިލްގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށެވެ.
މީގެއިތުރުން ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލަ ބަލަމުންދާ ބެންޗުގައި ސަސްޕެންޑު ކުރި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އަދި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި މި މައްސަލަ ކުރިޔަށް ގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މިއަދު 11:00 ގައި ބާއްވަން އެ ކޯޓުން ނިންމިއެވެ.
އަދި މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ފާސްކޮށްފަ އެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް