އައްޑޫ ހަންކެޑެ ބްރިޖުގައި އެކްސިޑެންޓޭއް ހިނގައި ދިވެއްސަކު މަރުވެއްޖެ އެވެ
މަރުވެފައިވަނީ ކ. މާލެ، ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރެވެ.
ފުލުހުން މިއަދު ބުނީ ހަންކެނޑޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މިހާތަނަށް އެނގިފައިވާ ގޮތުން އެކްސިޑެންޓު ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
މަރަދޫން ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލް ބްރިޖުގެ ބެންޑް ހިސާބުން ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ ބްރިޖުގެ ފެންސުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫ ލިންކް ރޯޑާ ގުޅިފައި އޮންނަ ހަންކެޑެ އާ ބްރިޖަކީ މި މަހުގެ 1 ގައި ހުޅުވި ބްރިޖެކެވެ.
މިއީ ބްރިޖް ހުޅުވި ފަހުން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ