އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާޓަކަށް އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ އެމްޑަބްލިޔުއެސްސީ އަށް މި އަހަރު 30 އަހަރު ފުރުމާއި ރޯދަ މަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށް ގެންދާ ’އެކުވެރި ރޯދަ 30″ ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތެކެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހާއި ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުން ކަމަށެވެ.
އަދި ބިލު ދެއްކުމަށް ކައުންޓަރުތަކަށް ނައިސް ވަގުތު ސަލާމަތްކުރުމުގެ ގޮތުން އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރު އެޅުމަކީވެސް އެ ޕްރޮމޯޝަންގެ މަގުސަދެއް ކަމަށް ބުންޏެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިން ޝަރުތެއް ފުރިހަމަވާ ކަސްޓަމަރުންނަށެވެ. އެއީ:
- އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުން
- ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރަކަށްވުން
- ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރަކަށްވުން
އެމްޑަބްލިޔުއެސްސީން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ތިން ނަސީބުވެރިން އިއުލާން ކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުން ކުރަންޖެހޭނެ ކަމަށެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާން ކުރާނީ އެމްޑަބްލިޔުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށެވެ. ގުރުއަތު ނަގާ ތާރީހު ފަހުން ހިއްސާކުރާނެ އެވެ.

ގުޅުންހުރި
ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވައިގެން 141 މީހަކަށް ފިޔަވަޅު އަޅައިފި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް