އޭޕްރިލް 19, 2025

ގާތްގާތުގައި ދެ ބިލެއް ފޮނުވީ ފުރިހަމައަށް ޑިސްކައުންޓް ދޭން ވެގެން: ފަހުމީ

ކަސްޓަމަރުންނަށް ގާތްގާތުގައި ދެ ބިލެއް ފޮނުވާފައިވަނީ މި ރޯދަމަހު ކަރަންޓު ބިލުން ދޭ 10 ޕަސަންޓުގެ ޑިސްކައުންޓް، އެންމެ ފުރިހަމައަށް ލިބިދިނުމުގެ މަގުސަދުގައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެހެން މަސްތަކާ ހިލާފަށް ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުން 10 ޕަސަންޓުގެ ޑިސްކައުންޓު ދިނުމަށް ނިންމައިފަ އެވެ.

އެ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައިގެންނެވެ. ރޯދައަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ފެބްރުވަރީ މަހުގެ ބިލު ވަނީ ކުރިން ފޮނުވައިފަ އެވެ. އެހެންވެ، ޖަނަވަރީ މަހުގެ ބިލާއި ފެބްރުވަރީ މަހުގެ ބިލު މާގާތްގާތުގައި އައިކަމުގެ ކަންބޮޑުވުން ބައެއް މީހުން ދަނީ ފާޅުކުރަމުންނެވެ.

އެކަންބޮޑުވުންތަކާ ގުޅިގެން ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ ގައުމީ ހިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއް ކަމަށާއި ސްޓެލްކޯ އިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށާއި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތަށް އެ ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

”މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުންވެސް ހިމެނޭ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއެކު އެ ބިލު ފޮނުވާ ނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖުގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު،“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ އެ ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލު ޑެލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލުގައިވާ ރީޑިން އާއި މީޓަރާ އަޅާކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށެވެ.

9 Comments

  • Aly Rayan މާރޗް 4, 2025

    miu dhakkaanee mikahala gaai gaathuga thibey meehun dhakkaakahala vaahaka, thee husvaahaka fahittey!

  • Raz Abdul މާރޗް 4, 2025

    🤣

  • Aphoo Ap Oo މާރޗް 4, 2025

    Hussain Fahmy Balaa ehnnu kaley isthiufaa dhey vejje nu.. nuvaa varu kankan kuran nuthelhi bala.. golf ⛳️ kulhen dhaan veenu😂

  • Immu De Imma މާރޗް 4, 2025

    ވަރަށް ރަނގަޅުކަމެކެވެ. އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ރީޑިން ނަގާ ދުވަހު ނުން އޭގެ އަނެއް ދުވަހު ސްޓެލްކޯގެ ކަރަންޓް ބިލް ލިބިގެންދާނެއެވެ. 👉💯👏👏👏

  • Immu De Imma މާރޗް 4, 2025

    ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް މި ފުރިހަމަވެގެން ދަނީއެވެ. ރީޑިން ނަގާ ދުވަހު ސްޓެލްކޯގެ ކަރަންޓް ބިލް ލިބިގެންދިޔުމަކީ ވަރަށް ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. ޝުކުރިއްޔާ 👉💯💯👍

  • Ulfa Ahmed މާރޗް 4, 2025

    Ziyana Haleem

  • Marie Moosa މާރޗް 4, 2025

    Isthiufaa dheefa geyah dhey bill thakun vakkan kuranee.

  • Sa Ba މާރޗް 4, 2025

    Munshiu Haadhy

  • Aminath Zakariyya މާރޗް 4, 2025

    Andhaa qaanoonu, rayyithun thibiy andhiri vefakaa noon

Leave a Reply to Aly Rayan Cancel reply