ހުޅުމާލޭގައި ހުންނަ ހާލްވޭ ހައުސް އިން ފިލި ދެ މީހަކު މަސްތުގެ ހާލަތުގައި ތިއްބާ މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނަކާއި 37 އަަހަރުގެ ފިރިހެނެކެވެ.
ފުލުހުން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބުނީ އެ ދެ މީހުންނަކީ ފަރުވާއަށް ހާފްވޭ ހައުސްއަށް ގެންގޮސްފައިވަނިކޮށް އެތަނުން ފިލި ބައެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ހައްޔަރާއި ބަންދުގެ ލޮގް އޮތް ބައެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނާއި ދެކޮޅަށް ފުލުހުން ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.



