އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު 33 ކްރޯ އިންޑިއަން ރުޕީސް (58 މިލިއަން ދިވެހި ރުފިޔާ)ގެ ޑުރަގް އިންޑިއާ ކޯސްޓް ގާޑުން އަތުލައިގެންފި އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުގައި ބުނެފައިވަނީ، އެ ތަކެތި އަތުލައިގަތީ އިންޑިއަން ކޯސްޓް ގާޑާއި ޑައިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ ފަސްވަނަ ދުވަހު ތޫތުކުޑިން ފުރި ބޯޓެއްގެ ތެރެއިންނެވެ.
އެ ބޯޓު އަތުލައިގަތީ ގަލްފް އޮފް މަންނާރު ސަރަހައްދުގެ ހުޅަނގުން ކަމަށާއި އޭގެ ތެރެއިން 30 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ނޫހުގައި އިތުރަށް ބުނީ، ޑުރަގް އުފުލަން ބޭނުންކުރި އުޅަނދާއި އޭގައި ތިބި ނުވަ ކުރޫން މިދިޔަ ހުކުރު ދުވަހު ޑައިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި