ކުރީ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި ކުރީ ސަރުކާރުން 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވަނީ އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލްއިންނެވެ. އެ ލޯނު ނަގާފައިވަނީ 2022 ވަނަ އަހަރުގެ ބަޖެޓަށް ދިމާވި ތާށިކަމެއްގެ ސަބަބުން ބަޖެޓް ސަޕޯޓުގެ ގޮތުގައި 7.5 އިންޓްރެސްޜް ރޭޓުގައި ތިން އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
އެހެންކަމުން އެ ލޯނުގެ އިންޓްރެސްޓް ގޮތުގައި ދިވެހި ސަރުކާރުން ވަނީ ކާގިލް ފައިނޭންސިންއަށް އިތުރަށް 26 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
ދިވެހި ސަރުކާރުން ވަނީ 2022 ވަނަ އަހަރުގެ ތެރޭގައި އިތުރު ލޯނުތަކެއް ވެސް ނަގައިފަ އެވެ.
އެއީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނެވެ.




ގުޅުންހުރި
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން