ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތްފަށާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ ސެޕްޓެމްބަރު 2020 ގަ އެވެ.ސީއެސްސީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ ހައިސިއްޔަތުން އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ ހިދުމަތްތަކައް ޝުކުރު އަދާކުރައްވާ ކަމަށެވެ. އިބްރާހިމް ރަޝީދުގެ ތަސައްވަރުގެ ސަބަބުން އެ ކޮމިޝަނަށް ހެޔޮ ބަދަލުތަކެއްް އައިސްފައިވާ ކަމަށް ސީއެސްސީން ބުންޏެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތާބެހޭ ކޮމިޓީން އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް ފާސްކުރީ އިއްޔެގެ ބައްދަލުވުމުގަ އެވެ.
އިބްރާހިމް ރަޝީދަށް ތުހުމަތުވާ މައްސަލަތަކުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭނުން ކުރުން ހިމެނެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ.
އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް