ހުޅުމާލެ ފޭސް ދޭއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުޑަކުދިންތަކެއްގެ މެެދުގައި މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން މިރޭ ބުނީ އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:00 އެހާކަންހާއިރު ކަމަށެވެ.
އެެ މާރާމާރީގައި އެތަނުން އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީގެ މައްސަލައިގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަަަަށް ގެނެސްފައިވާއިރު، އިތުރު 4 ކުއްޖަކު ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



