މާލެއިން އަންހެނަކު ގެއްލިގެން އުޅޭތީ، އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.
ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން/ ހައްވާ ހަސަން (31އ) އެވެ.
ފުލުހުން ބުނީ، ހައްވާ ގެއިން ނުކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ މީގެ ހަ ދުވަސް ކުރިން، މާޗު އަށްވަނަ ދުވަހު ކަމަށެވެ.
އެ މައްސަލަ ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި މިހާތަނަށް ކުރި މަސައްކަތުންވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ ފުލުހުން ވަނީ ހައްވާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

3 Comments
ގުޅުންހުރި
ކުޑަކުދިންތަކެއް މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި
އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި ޓޫރިސްޓެއްގެ ފޯނުން ކަނޑުވި ހާދިސާގެ ވީޑިއޯތަކެއް
ހަ އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ
48 މީހުންނާއެކު ލޯންޗެއް އަޑިއަށް، ކަނޑުވެފައި ތިއްބައި އެންމެން ސަލާމަތް ކޮށްފި
އައްޑޫ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ
ފިރިހެން ދަރިވަރަކު ގްރޫމްކުރި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި