ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ ޑުރަގް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ އިއްޔެ ކަނޑުމަގުން ރާއްޖެ އައި ޝިޕްމަންޓެއް ބަލައި ފާސްކުރުމަށް މިއަދު ފަތިހު ކަސްޓަމްސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އަތުލައިގެން ތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި އިރު، އޭގެ ތެރޭގައި ހިމެނެނީ 1 ކިލޯ ކެޓަމިން، 2.1 ކިލޯ މެތަމްފެޓަމިން އަދި 310 ގްރާމް ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގެން ޑުރަގް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނާއިރު، މި ޝިޕްމަންޓް އެތެރެކޮށްފައިވަނީ ކޮން ގައުމަކުން ކަމެއް އަދި ޑުރަގް ފެނުނީ ކޮންކަހަލަ ޝިޕްމަންޓެއްގެ ތެރެއިން ކަމެއް ކަސްޓަމަސް އަކުން ނުބުނެ އެވެ.




ގުޅުންހުރި
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް