އޭޕްރިލް 9, 2025

މަތީ ފަންތީގެ ހިދުމަތް ތަކާއެކު މަހުޖަނުންނަށް ނ. އަތޮޅުގައި ސަހަރެއް ހަދަން ސަރުކާރުން ހުއްދަދީފި

ނ. ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫގައި ދެމެހެއްޓެނިވި ވަސީލަތްތަކާއެކު ސަހަރެއް ތަރައްގީކުރަން ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ހުއްދަ ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އެ މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމެންޓު ބޯޑުން ހުއްދަ ދޫކުރީ ކްރިސްޓަލް ހޯލްޑިންގްސް އިން ހުށަހެޅި ހުށަހެޅުން ރިވިއު ކުރުމަށްފަހު ކަމަށެވެ.

”ޕްރޮޖެކްޓް އައީލާ“ ގެ ނަމުން ނަން ދީފައިވާ އެ މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ބޯހިޔަވަހިކަމާއި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ އަދި ތައުލީމީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރާނެ އެވެ. އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މަޝްރޫއުގެ ދަށުން އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް އެ ތަނުގައި ހިންގާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫ ތަރައްގީ ކުރާނެ ގޮތުގެ ފީސިބިލިޓީ އެސެސްމެންޓާއި އިންފްރާސްޓްރަކްޗާ މާސްޓާ ޕްލޭންގެ އިތުރުން އިންޖިނިއަރިން އަދި ތިމާވެށްޓާ ބެހޭ ދިރާސާތަކާއި އެތަނުގައި ހިންގާނެ ވިޔަފާރީގެ މަޝްރޫއުތަކުގެ ތަފުސީލީ ޕްލޭން މިއަދުން ފެށިގެން 180 ދުވަހުގެ ތެރޭގައި ކްރިސްޓަލް ހޯލްޑިގްސް އިން ހުށަހަޅަން ޖެހޭނެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްތަކުގައި ވަކި ޝަރުތުތަކެއް ހުންނަންޖެހެ އެވެ. އޭގެ ތެރޭގައި

  • އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ވިލާ ނުވަތަ ގެތައް
  • ސައުތު އޭޝިއާގެ ގައުމުތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތައުލީމު ނުވަތަ ހެލްތު ޓޫރިޒަމް ގައުމަކަށް ރާއްޖެ ވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުރުން
  • އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާ ހުރުން
  • މަދުވެގެން 60 ޕަސަންޓަކީ ދެމެހެއްޓެނިވި ހަކަތައަށްވުން / ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭ
  • އެންމެ ފަހުގެ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއަކަލްޗާ މެދުވެރިކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން މަދުވެގެން ދެ ބާވަތެއް އުފެއްދުން
  • މަތީ ފަންތީގެ މީހުންގެ ދިރިއުޅުން ބިނާ ކުރުމަށް ބޭނުންވާނެ އެހެނިހެން ތަންތަން ގާއިމުކޮށްފައި ހުންނަން ޖެހުން
  • އެސްއީޒެޑުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައް ގާއިމުކޮށްފައި ހުރުން

5 Comments

  • Mohamed Yamaan މާރޗް 20, 2025

    Ahmed Ameel saharun jaaga eh hoadhaathi 😂

  • Mohamed Anwar މާރޗް 20, 2025

    Mithaa ulhenvi mathee fantheege meehun ekani… Nikamethi meehaya ne gulha beyhe bobeyhe ves… Othee Hama Salaam jehun..

  • Moona Moony މާރޗް 20, 2025

    Dhivehi mahijanuntha v rangalhu kameh dhivehinge thereyga noolheyne mahujanun noon meeheh zakaaiy nagan dhaa meehaa athugaves onnaane iphoneh

  • Ali Shahid މާރޗް 20, 2025

    More than 99% of the population are tobacco users and the within the remaining 1% includes those who have prescribed psychotropic drugs for depression or some mental ailment, so as to say. When you triple the tax of cigarettes and ban imports of all related products and make vape illegal, there will be reprisals and it’s coming soon.

  • Ibrahim Thoif މާރޗް 20, 2025

    Nuhaggun faisaabodi hoadhaa meehunnah adhives thanthan hadhaadheny
    Rayyithunnah ulheyne thaneh hadhaadheebala
    Mahujanun mihaaruves thinhatharu thanthan ebahuttey kuyyah bodu aguga dheefa
    Evarunves emeehunnah gedhoru mi libeny

Leave a Reply