އޭޕްރިލް 2, 2025

ޑްރަގް ވިޔަފާރިވެރިން ހޯދި އެއް މިލިއަން ރުފިޔާއާއި 12 ވެހިކަލާއި 38 ދޫނި ދައުލަތައް ނަގަނީ

ފުވައްމުލަކު ސިޓީގައި ހަރަކާތްތެރި ވަމުންދިޔަ ޑުރަގް ނެޓްވޯކެއްގެ ދެ ބޮޑުން ހޯދި އެއް މިލިއަން ރުފިޔާއާއި 38 ދޫންޏާއި 12 ވެހިކަލެއް ދައުލަތަށް ނަގަން ނިންމައިފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޑްރަގް ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ ދޫޑިގަން/ ޒަމާނީގެ، ހަސަން އާޒިމާއި ދޫޑިގަން/ ކަރަންކާވިލާ، އަހުމަދު ނިއުޝާދުގެ މައްޗަށެވެ. އެ މީހުން ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. އޭގެ އިތުރުން އެ މީހުން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުވާ ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި ކަނޑު އުޅަނދަކާއި 29 ސަންކޮނުއާ ގުރާ އަދި ނުވަ ރިންގްނެކް ގުރާވެސް ދައުލަތަށް ނަގަން އެދިފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 27 ގައި ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ޑުރަގް ފެނުމާއި ގުޅިގެން ނިއުޝާދާއި އާޒިމުގެ ބޭންކް ސްޓޭޓްމަންޓްތައް ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، އާޒިމްއާއި ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން އިތުރަށް ކުރި ތަހުގީގުތަކަށް ފާހަގަވި ކަންތައްތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އެކަން އިތުރަށް ތަހުގީގުކޮށް ބެލި އިރު، އާޒިމް އިސްވެ ހުރެ، ނިއުޝާދާއެކު ‍ޑުރަގް ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އަދި އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި ޑުރަގް ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ ޑުރަގުގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ގެ ނިޔަލަށް އެ ނެޓްވޯކު ހިންގައި، އެ ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އާޒިމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާކުރަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، ޑުރަގާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60 (5.9 މިލިއަން) ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.

ނިއުޝާދުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާކުރަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 (21.8 މިލިއަން) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި، އަތުގެ ވެރިކަމާއި، ތަސައްރަފު ކުރުމުގެ ހައްގު ހޯދައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ހާސިލުކޮށްފައިވާ ނަތީޖާއެއްކަމަށްވީތީ އެ ފައިސާއާއި މުދާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

ޕީޖީން އެދިފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ 1,194,290.31 (1.1 މިލިއަން) ރުފިޔާ ހޯދުމަށެވެ.

18 Comments

  • Ehkala Anwey މާރޗް 20, 2025

    Dhen guraa kolhu ulhay vihkan agu heyo koh..😁

    • AIsha Rashydha މާރޗް 20, 2025

      Ehkala Anwey vikkaane kameh neh, dhaulathun e aalaa kohgen vikkeema maa bodu ehcheh profit ah jeheyne 🤭🤭🤭

      • Ehkala Anwey މާރޗް 20, 2025

        AIsha Rashydha 😁👍

  • Moonjau MoonZazee މާރޗް 20, 2025

    So …

  • Ahmed Shujaau މާރޗް 20, 2025

    Ragalhah vihyaa thi vaanee verinnah dheynjehey katu nudhee kuran ulhuneekamah

  • Moona Moony މާރޗް 20, 2025

    Mikahala mahujanun miulhenee

  • Adam Manik މާރޗް 20, 2025

    Meedhoa misorumen maa fuhpaafa rashutherey kaaruthakuga burujahaakamakee. Haraam viyafaarikohgenviyas faisaa libuneema nimuneekee noon?

  • Fathimath Binth Ibrahim މާރޗް 20, 2025

    Theege dhoonyeh beynun

  • Luna Ibrahim މާރޗް 20, 2025

    Rayyithunge athun tax nunagaa emyhun athun thi kahala saamaanu athuliyas dhaulathah maa faidhaa vaane

  • Kudaa Ey Mi މާރޗް 20, 2025

    Thi dhooni kolhu mashah vihka ba dhaulathun than kolheh heyo ageh ga🤭🤭

  • Ahmed Allen Smith މާރޗް 20, 2025

    Thi gothah muhsandhive majlis memberun nah ve viyavaafaari verinnah ve ebathibi baivaru

  • Issey Imma މާރޗް 20, 2025

    Naganee… naganee… annanee annanee…
    Negeynebaa! Meege kurin ves ehen kiyaafa, ekamuga ulhunu ( e viyafaariyaa kulhunu ) fuluhun kuhverivefa othee 🤣

  • Ahmed Zuhair މާރޗް 20, 2025

    Maadhamaa ge news headline.!!
    Dhaulatha negi rufiyaa aai vehicle anburaa havaalu kohfi. Haram balhumas hadhaa nuhadhaa eh.

    • Ibbe Rash މާރޗް 21, 2025

      Ahmed Zuhair kurin buni ethi cancel vaane 😂😂😂

  • Ibbe Rash މާރޗް 21, 2025

    Rangalhu thigothah libey ehchakun ves sarukaaru hingey tho balaa

  • Aaisha Adam މާރޗް 21, 2025

    Komme Rashehgavess ulheynetha mihen muhsandhikan hoadhaa bayaku?

  • Abdul Baagy މާރޗް 21, 2025

    ސަރުކާރުތަކުގެ ބޮޑެތިން ކުރާ ވައްކަމާއި ނުހައްގު ގޮތުގަ ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނުނަގަނީ ކީއްވެބާ!!!

  • Ummu Saif މާރޗް 21, 2025

    A
    A
    A

    A

    A n
    AA
    AA
    Qsncs

Leave a Reply