މަޝްހޫރު ފުޓުބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި)ގެ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކުރި ސާންތި ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
އޭނާ އައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އެގޮތުން މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ސާންތީ ބަލި ހާލަތު ގޯސްވެގެން، ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި އެވެ. އޭގެ ފަހުން، ރަސްމީ މަގާމެއްގައި ހުރެގެން ފުޓްބޯޅައިގެ ކަންކަމުގައި ނުފެނެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ކުޅުނު ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
އަދި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެފްއޭއެމްގައި ޓެކްނިކަލް އިސް މަސައްކަތްތަކެއް ކުރި އެވެ.

ގުޅުންހުރި
3އޮން3 ފުޓްސެލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމްދު، ޓްރޮފީ ޕާޓްނަރަކަށް ލޭޔާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީސްޓް ސްޕޯޓްސް
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް
ރައީސްގެ ޔޫކޭ ދަތުރުފުޅު: ލިވަޕޫލްގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހަދަން މަޝްވަރާ
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރު: ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން