ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން އިއްޔެ ބުނީ އެ ކުންފުނިން ރެއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.50 ރުފިޔާއަށް ކަމަށެވެ. އެއީ 48 ލާރީގެ ހެޔޮވުމެކެވެ.
އެސްޓީއޯ އިން އެންމެ ފަހުން ޕެޓްރޯލްގެ އަގު ހެޔޮކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އޭރު ޕެޓްރޯލް ލީޓަރެއް ވިއްކީ 14.33 ރުފިޔާއަށެވެ. އެ ފަހަރު ހެޔޮކުރީ ލީޓަރަކުން 35 ލާރި އެވެ.



