މާލޭ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރިއަށްގެންދާނެ ކަމަށެވެ. އަދި ވިލިގިލީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ބޯޅަދަނޑުގައި ކަމަށާއި ހުޅުމާލެ ފޭސް 1 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަަށް ހަމަޖައްސާފައި ވަނީ ސިންތަޓިކް ޓްރެކްގައި ކަމަށެވެ. ފޭސް ދޭއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަަށްް ހަމަޖައްސާފައި ވަނީ ކުރިކެޓް ސްޓޭޑިއަމް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ވެސް މާލެ ސަރަހައްދުގެ 23 މިސްކިތެއްގައި ފިތުރު އީދު ނާމާދު ކުރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޢީދު ނަމާދު ކުރަން ފަށާގަޑިއަކީ ހެނދުނު 7.00 ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.




ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
މާދަމާއަކީ މުލަ ރޯދަ ދުވަސް
މައުލޫމާތުދޭން ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީއަށް 700 ރުފިޔާގެ ޖޫރިމަނާއެއް
ރޯދައިގެ ކުރިން އާ 15 މިސްކިތެއް ހުޅުވޭނެ: ރައީސް