މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް އިޢުލާނުކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
”2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަނުގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ،“ ރައީސް ވިދާޅުވި އެެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން ހައްޖަށް ދާން މި އަހަރުގެ ކިއުގައި 850 މީހުން އެބަތިބި ކަމަށެވެ.
”އެ އެންމެންނަށް ހައްޖަށް ދެވޭނެ އިންޝާ ﷲ. ރައީސްގެ އަމާޒަކީ ކިއު ތަރުތީބުން ހައްޖުގެ ފުރުސަތަށް އުނިކަމެއް ނައިސް ގެންދިއުން،“ ޝަހީމް ވިދާޅުވި އެވެ.
ރާއްޖެއަށް އާންމު ގޮތެއްގައި ލިބެނީ 1،000 ހައްޖު ކޯޓާ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދަނީ އެކަމަށް އެދި ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބުންނެވެ. މީގެ އިތުރުން ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ގެންދަން މިދިޔަ އަހަރުން ފެށިގެން ވަނީ ފަށައިފަ އެވެ. އަދި މިއަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފަ އެވެ.




2 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި