އެލައިޑް އިންޝުއަރެންސްގެ ފަރާތުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ކުރިޔަށްގެންދަން ފަށައިފި އެވެ.
އެލައިޑުން މިއަދު ބުނީ މިއީ އެ ކުންފުންޏަށް 40 އަހަރު ފުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ. އެ ކުންފުނިން މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގައި ކަމަށް އެލައިޑުން ބުންޏެވެ.
ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައި ވެސް އިފްތާރު ޕެކް ބެހުން ކުރިޔަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް އެލައިޑުން ބުންޏެވެ.
ހުކުރު ދުވަހު ހުޅުމާލޭގައި އެ ހަރަކާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގައި ކަމަށާއި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި ވެސް އެ ހަރަކާތް ހޮނިހިރު ދުވަހު ކުރިޔަށްދާނެކަމަށް އެލައިޑުން ބުންޏެވެ.
މިއަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރުކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނީ މިއީ އެ ކުންފުނީގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ދީފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމަށެވެ.

ގުޅުންހުރި
އަޔާދީ ތަކާފުލްއަށް 11: ހައްޖާއި އުމްރާވެރިންގެ އިންޝުއަރެންސް ޕްލޭނުން 50% ގެ
އެލައިޑަށް 40؛ އެއްގަމާއި ކަނޑުން 790 ކިލޯގެ ކުނި ނަގައި، އޭގެން
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ