ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓުގެ ފަރާތުން ހުންނަވާ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސަވަން، ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އިތުރު ފަނޑިޔާރަކު އިންނަވަންޖެހެ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީގައި މީގެ ކުރިން އިންނެވީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ނަމަވެސް ސްލޫކީ މައްސަލައަކާ ގުޅިގެން ޖޭއެސްސީން، ހުސްނުއްސުއޫދު ފަނޑިޔާރުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް އޭނާ ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި ހުސްނުއްސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަހީދު ހަމަޖައްސަވަން ނިންމީ އިއްޔެ އެވެ.
ޝަހީދު ވަނީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި ކްރިމިނަލް ކޯޓުގެ ގާޒީގެ އިތުރުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފަ އެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް