ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ޕޮޑްކާސްޓެއް ފައްޓަވާނޭކަން މިއަދު ރައީސް އޮފީހުން އިއުލާންކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ވަނީ، ”ރައްޔިތުންނާ އެކު“ ގެ ނަމުގައި ރައީސް ފައްޓަވާ ޕޮޑްކާސްޓުގެ ޓްރެއިލާ އާންމުކޮށްފަ އެވެ. އެ އޮފީހުން ބުނީ، ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު ޝާއިއުކުރާނެ ކަމަށެވެ.
އެ ޕޮޑްކާސްޓުގެ ހޮސްޓަކީ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަދި ތައުލީމީ ހިދުމަތްތެރިޔާ އަހުމަދު ޝަކީބެވެ.
ރައީސް އޮފީހުން ބުނީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓަކީ ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ސީދާ ރައީސް މުއިއްޒު ޖަވާބުދެއްވުމަށް ގެނެސްދޭ ޕޮޑްކާސްޓެއް ކަމަށެވެ.
އެގޮތުން ޕޮޑްކާސްޓް މެދުވެރިކޮށް ސަރުކާރުގެ މަސައްކަތްތަކާއި، ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނޭ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި