ޒުވާނުން ދުންފަތާ ދުރުކުރުމުގެ މަގުސަދުގައި ”ޖެނެރޭޝަން ބޭން“ އެއްގެގެ ގޮތުގައި ފިޔަވަޅުތަކެއް ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ”ރައްޔިތުންނާ އެކު“ މި ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަކޮށް، ވޭޕް ބޭނުންކުރުން މަނާ ކުރީ އެއީ މުހިންމު ކަމެއްގެ ގޮތުގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ކަމަށެވެ. ރައީސް ވިދާޅުވީ އެ ފިޔަވަޅުތަކަކީ އާންމުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އުދަގޫ ކުރުމުގެ ގޮތުން ސަރުކާރު އެޅި ފިޔަވަޅެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެ ފިޔަވަޅުތަކުގެ ސަބަބުން އާންމު ސިއްހަތު ވެސް ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ފިޔަވަޅުތަކާ އެކު ދެން ކުރައްވާނެ ކަމަކީ ”ޖެނެރޭޝަން ބޭން“ އެއް ތައާރަފުކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.
”ދެން އޮތް ސްޓެޕަކަށް އަޅުގަނޑު ވިސްނާފައި މި އޮތީ މި ތަނުގައި ފާހަގަކޮށްލާނަން އަދި ކުރިއަށް އޮތް ތަނުގައި ތަފުސީލު އިއުލާނުކުރަމުން ދާނަން،،“ ރައީސް ވިދާޅުވި އެވެެ. ”ޖެނެރޭޝަން ބޭންއޭ މި ކިޔާ، ޚާއްސަކޮށް ޒުވާން ކުދިންނަށް އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ވަންނަ ކުދިން އެ ކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން. ކަށީގެ ހިފައިގެން ގިނަ ދުވަސްތަކެއް މި ކަމުގައި އުޅެފައި ހުންނާނީ ތަންކޮޅެއް އުމުރުން މަތީ މީހުންތާ ދެއްތޯ.“ ރައީސް ވިދާޅުވިއެވެ.
”އެކަމަކު، 18 އަހަރު ފުރިގެން އެ ކަމުގެ ތެރެއަށް މި ދާ ކުދިން އެ ކަމުން ދުރުކޮށްދީ އެ ކުދިންގެ މުޅި ހަޔާތް އެ ކަމުން ސަލާމަތްކޮށްދީ ދުރުގައި ތިބެން ބާރުއެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން،“

3 Comments
ގުޅުންހުރި
”އީދު ހަވީރު“ ހަރަކާތުގައި ރައީސް ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
ކެލާގެ ފަޅުގައި 2 ރިސޯޓް ހަދަން އެ ރަށުގެ ސައިޒަށްވުރެ ބޮޑު
އެއާޕޯޓުން ސިނގިރޭޓް ކާޓަން ބޭރު ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ހުއްޓިފައިވާ އަދި އަލަށް ފަށާ މަޝްރޫއު ތަކާއެކު 500 މަޝްރޫއެއްގައި ސޮއިކޮށްފިން:
ގައުމީ މަސައްކަތެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ނިންމަން ސިފައިންނާ ހަވާލުކޮށްފި
މި އަހަރުގެ މިހާތަނަށް ބޭންކުތަކައް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް