ޝައްވާލު މަހުހެ ހަ ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފުމާ އެއްފަދަ ވެގެންދާނެ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ރޯދަމަހަށް ފަހު ހެޔޮ އަމަލުކުރަން މަތީ ދެމިތިބުމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ ރޯދަމަހުގެ ވެރި ﷲ އަކީ އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ ކަމަށެވެ. ހުތުބާގައި ބުނީ މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲ އަޅުކަން ކުރަންޖެހޭ ބައެއް ނޫން ކަމަށެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާ ކަމަށާއި ރޯދަމަހަކީ ވެސް އެފަދަ މޫސުމެއް ކަމަށެވެ. އެހެންކަމުން އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވާނެ ކަމަށާއި އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބެންވާނެ ކަމަށެވެ.
ރޯދަމަސް ވަކިވެގެން މިދަނީ ޝައްވާލު މަހުގެ ހަ ރޯދައިގެ ނިއުމަތަށް މަގު ފަހިކޮށްދީފައި ކަމަށް ހުތުބާގައި ބުންޏެވެ. ދީލަތިވަންތަ ﷲ ދެއްވި އެ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ރަސޫލާ ހަދީސް ކުރެއްވި އެވެ. ”ރަމާލަންމަނު ރޯދަ ހިފައޮ އެއާ ވިދިގެން ޝައްވާލު މަހުން ހަ ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދަ އެވެ“
ނިމިގެންމިދާ ރޯދަމަހު އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާނަމަ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ ރަނުގެ ފުރުސަތެއް ކަމަށް ހުތުބާގައި ބުންޏެވެ. ތައުބާގެ ހިތަކާ އެކ ﷲ ގެ ހަޒްރަތަށް ރުޖޫއަވުމުގެ ފުރުސަތެއް ކަމަށް ހުތުބާގައި ބުންޏެވެ.
ރޯދަމަހުގައި އަމަލުތައް ހުރި ގޮތާ މެދު ވިސްނައި ރޯދަމަހުގައި ފަސް ނަމާދު ގަވާއިދުން ކުރި ފަދައިން އެެ މަހަށް ފަހުވެސް ނަމާދު ކުރުންމަތީ ދެމިހުންނަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ކޮންމެ ދުވަހަކު ގުރުއާނުން ސަފުހާއެއް ކިޔޭތޯ ބަލަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.




1 Comment
ގުޅުންހުރި
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!:
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން:
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: