މިއަންމާ އާއި ތައިލެންޑަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 150 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މަންޑަލޭގެ 17 ކިލޯމީޓަރު ބޭރުގެ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އިއްޔެ އައީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އޭގެ އިރުކޮޅެއް ފަހުން 6.4 މެގްނިޓިއުޑްގައި އާފްޓާޝޮކެއް ވެސް އައެވެ.
ބިންހެލުމުގެ ސަބަބުން މިޔަންމާގެ އެކި ސަރަހައްދުތަކުގައި އިމާރާތްތައް ފުނޑުފުނޑުވެ، ބްރިޖްތައް ވެއްޓި މަގުތައް ފަޅަފަޅައިގެން ގޮސްފައިވާއިރު އެ ގައުމުގެ އަސްކަރީ ލީޑަރު މިން އަންގް ހްލައިންގް ވިދާޅުވި ގޮތުގައި 144 މީހުން މަރުވެ، 730 މީހުން ވަނީ ޒަހަމްވެފަ އެވެ.
މިޔަންމާ އިން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، އަސްކަރީ ލީޑަރު ވަނީ ބައިނަލްއަގްވާމީ އެހީއަށް ވެސް އެދިފަ އެވެ.
ތައިލެންޑުން މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. އެ ގައުމުގެ ވެރިރަށް ބެންކޮކްގައި ހަދަމުންދިޔަ 33 ބުރީގެ އުސް އިމާރާތެއް ވެއްޓިފައިވާ އިރު، ތައިލެންޑުގެ އިންޓީރިއާ މިނިސްޓަރު އަނޫޓިން ޗާންވިރާކުލް ވިދާޅުވީ އިމާރާތުގެ ދަށުގައި 90 އާއި 110 އާ ދެމެދުގެ އަދަދެއްގެ މީހުން އަދިވެސް ތާށިވެފައިވާ ކަމަށެވެ.
މިޔަންމާއަށް ބާރުގަދަ ބިންހެލުމެއް އައި އިރު، އަސްކަރިއްޔާ އިން ވެރިކަން އަތުލިފަހުން ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮންނަތާ ހަތަރު އަހަރު ވެފައިވާ މިޔަންމާގެ އުމްރާނީ ވަސީލަތްތަކާއި ސިއްހީ ނިޒާމު އޮތީ ބިންހެލުން އައި އިރު ވެސް ވަރަށް ނިކަމެތިކޮށެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!