އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް އެކަމަށް ހާއްސަ ޓީމެއް ރާއްޖޭން ބޭރުން އަތުވެއްޖެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ރާއްޖެ އައިސްފައިވަނީ އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ކަމަށެވެ. އޭނާ ވަނީ ބުރާސްފަތި ދުވަހު ރާއްޖެ އައިސް އެ ދެމަފިރިންގެ ހާލަތު ބަލައިފައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ދެމަފިރިންގެ ހާލަތު ވެސް އަދިވެސް ސީރިއަސް ކަމަށާއި އެ ދެ މީހުންނަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފަ އެވެ.
ފިހިފައި އޮތްލެއް ބޮޑުކަމުން، އެންމެ ފުރަތަމަ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުން ރަނގަޅުވާނެ ކަމަށް އުއްމީދު ކަނޑާލާފަ އެވެ




ގުޅުންހުރި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ރޯވި ދޯނިން ދަތުރުކުރަމުންދިޔަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެނީ
15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި ރޯވެއްޖެ
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ހިޔާގެ އަލިފާނާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި