މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
އެ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އޭޕްރިލް 15 ގެ ނިޔަލަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު އެ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ފުލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ކައުންސިލުން އެހީވާގެ ގަޑިތައް:
31 މާޗު އިން އޭޕްރިލް 5 ގެ ނިޔަލަށް – ހެނދުނު 10:30 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 އަށްއޭޕްރިލް 6 އިން އޭޕްރިލް 15 ގެ ނިޔަލަށް – ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 9:00 އިން 11:00 އަށްފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލުގެ ޖަލްސާއަކުންނެވެ.
މި ސަރުކާރުން ފްލެޓު ލިސްޓު އިއުލާނު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި 4000 މީހުންގެ ފްލެޓު ލިސްޓުން 3119 މީހުން ބާކީ ކުރުމަށްފަހު އެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: