މާލޭގެ ފިހާރަ އަކުން 10 ކޮފީ ފުޅި ވަގަށް ނެގި މީހެއްގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ.
ކޮފީ ފުޅިތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ/ ކުއްޅަވަށްގެ، އިބްރާހިމް ޝާކިރު (43އ) އެވެ.
ފުލުހުން އޭނާ ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ހަތް ދުވަހަށް ބަންދުކުރަން ކޯޓު އަމުރުކުރިއެވެ،
އަމުރުގައި ވާގޮތުން އޭނާ އަކީ މިހާތަނަށް ހައްޔަރާއި ބަންދުގެ 40 ރެކޯޑް އޮތް މީހެކެވެ.
މީގެ އިތުރުން ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ދަވާދު ދަޅެއް ވަގަށް ނެގި މީހަކު ތިން ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ދަވާދު ދަޅެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ތ. މަޑިފުށި، ހެޕީ ސައިޑް، މުހައްމަދު ޝިޔާޒް (42އ) އެވެ.

ގުޅުންހުރި
ޑްރަގު ނެޓްވޯކުން ފަސް އަހަރު ތެރޭ 64 މިލިއަން ރުފިޔާ ދައުރުކުރި،
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި