އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން މިރޭ ލޯންޗްކޮށްފި އެވެ.
ލިވަޕޫލްގެ ’އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު’ގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމްއެމްޕީއާރުސީން އެކަން ހާމަކުރީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ ޕާޓްނާޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަގުވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެ އެވެ.
އެ ޕާޓްނާޝިޕް ރަސްމީކޮށް ލޯންޗުކުރީ ރޭ ލިވަޕޫލް އާއި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ބައްލަވާލައްވައި، ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިރު، ދަނޑުގެ ލެޑް ޕެނަލްތަކުގެ އިތުރުން ލިވަޕޫލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ޕްރޮމޯޓް ކުރި އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި ލިވަޕޫލް އާއެކު ހެދި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި100 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ