ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެންބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.
ވާޗުއަލް އޮޓޮޕްސީގައި ބޭނުންކުރާނީ ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ސްކޭން ފަދަ ޓެސްޓްތަކެވެ. އެފަދަ އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދުމަކީ ވާޗުއަލް އޮޓޮޕްސީ އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައިވަނީ މިދިޔަ ހަފުތާ ތެރޭގަ އެވެ.
ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހޮޅުދޫއަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާއިރު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހެދުމަކީ ގޯސް ނިންމުމެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.




ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން: