އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން ލިންކް ރޯޑެއް ހެދީ މީގެ 22 އަހަރު ކުރިންނެވެ. އާރުޑީސީއާ މިއަދު ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އިންފްރާސްޓްޗަރަކްޗާ މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސްދުވަހުން ނިންމަންޖެހޭ ގޮތަށް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުމާއި ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމިކުރުމާއި ދުވާރުތައް ހެދުމުގެ އިތުރުން މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރާނެ އެވެ.
ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން އެ މަގު ހެދުމުގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.

ގުޅުންހުރި
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!
އައްޑޫ މަޝްރޫއުތަކަށް ފެނަކައިން މީހުން ނެގީ އައިޑީކާޑަށް ބަލައިގެން، އިންޓަވިއުއެއް ނުކުރޭ!
ގަމުގައި އެއާޕޯޓެއް އޮތަސް، ހުޅުމީދޫއަށް ވަކި އެއާޕޯޓެއް ބޭނުންވޭ: ޝާޑު
ހަންކެނޑެ ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓްވި މީހަކަށް ފަރުވާދެނީ
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން