އޭޕްރިލް 13, 2025

ގޭމާސް ކްލަބުން 3އޮން3 ފުޓްސެލް މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި

ގޭމާސް ކުލަބް އޮފް މޯލްޑިވްސް (ޖީސީއެމްވީ) އިން އިންތިޒާމް ކޮށްގެން 3 އޮން 3 ފުޓްސެލް މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ.

ގޭމާސް ކްލަބަކީ އޮންލައިން ގޭމިންއަށް ހާއްސަކޮށްގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ހަމައެކަނި ކްލަބެވެ. އެ ކްލަބުން މިހާތަނަށް ގިނަ މުބާރާތްތަކެއް ބާއްވާފައިވާއިރު، މިއީ އެ ކްލަބުން ބާއްވާ ފުރަތަމަ ފިޒިކަލް މުބާރާތެވެ.

3 އޮން 3 ފުޓްސަލް ޗެލެންޖުގެ ނަމުގައި ބާއްވާ އެ މުބާރާތާ ގުޅިގެން ގޭމާސް ކްލަބުން ބުނީ، މިއީ މާލެ ސަރަހައްދުގެ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން 3 އޮން 3ގެ ވާދަވެރިކަން ގެނައުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވުމަށް 300 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، މުބާރާތުގެ އެއްވަނައަށް 3،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.

އަންނަ މެއި މަހުގެ 2 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މުބާރާތުގައި މި ލިންކު މެދުވެރިކޮށް މުބާރާތުގައި ރަޖިސްޓްރީ ވެވޭނެ އެވެ.

މު މުބާރާތުގެ މެއިން ސްޕޮންސާއަކީ ކަސްޓަމް ޖާޒީ އުފެއްދުމުގައި ރާއްޖޭގައި ކުރިއަރަމުން އަންނަ ބީސްޓް ސްޕޯޓްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ’ހަފްތާ‘ އެވެ.

Leave a Reply