ގޭމާސް ކްލަބް އޮފް މޯލްޑިވްސް އިން ބާއްވަން ތައްޔާރުވަމުން އަންނަ 3 އޮން 3 ފުޓްސެލް ޗެލެންޖުގެ ސްޕޮންސާޝިޕަށް ހުޅުވާލައިފިއެވެ.
މާލެ ސަރަހައްދުގެ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން 3 އޮން 3ގެ ވާދަވެރިކަން ގެނައުމުގެ މަގުސަދުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ލިންކު މެދުވެރިކޮށް މުބާރާތުގައި ރަޖިސްޓްރީ ވެވޭނެ އެވެ.
އެ ފުރުސަތު ބަންދުވާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ގޭމާސް ކްލަބުން ބުނެ އެވެ.
މުބާރާތާ ގުޅޭ ގޮތުން ކުލަބުގެ ރައީސް މޫސާ އާމިރު ވިދާޅުވީ، އެ މުބާރާތަކީ އެ ކުލަބުން ހިންގާ ފުރަތަމަ ފުޓްސެލް މުބާރާތް ނަމަވެސް، ކުރިއަށް އޮތްތަނުގައި ޒުވާނުންނަށް އެފަދަ އިތުރު މުބާރާތްތައް ބާއްވާނެ ކަމަށެވެ. އެގޮތުން އެކަހަލަ މުބާރާތްތައް އެންމެ ފުރިހަމަކޮށް އިންތިޒާމު ކުރެވި ހިންގުމަށް ސްޕޮންސަރުންގެ އެހީއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ގޭމާސް ކްލަބުން ވަނީ 3 އޮން 3 ފުޓްސެލް ޗެލެންޖު ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ. އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ނުވަތަ ސްޕޮންސާ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 7990277 / 9660875 / 9187533 އާއި ގުޅުމަށް އެ ކްލަބުން ބުނެ އެވެ.
އަންނަ މެއި މަހުގެ 2 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މުބާރާތުގައި ބައިވެރިވުމަށް 300 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، މުބާރާތުގެ އެއްވަނަ ޓީމަށް ހުށަހަޅާފައިވަނީ 3،000ރ. ގެ ފައިސާގެ އިނާމެކެވެ.
މު މުބާރާތުގެ މެއިން ސްޕޮންސާއަކީ ކަސްޓަމް ޖާޒީ އުފެއްދުމުގައި ރާއްޖޭގައި ކުރިއަރަމުން އަންނަ ބީސްޓް ސްޕޯޓްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ’ހަފްތާ‘ އެވެ.

ގުޅުންހުރި
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
3އޮން3 ފުޓްސެލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމްދު، ޓްރޮފީ ޕާޓްނަރަކަށް ލޭޔާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީސްޓް ސްޕޯޓްސް
ގޭމާސް ކްލަބުން 3އޮން3 ފުޓްސެލް މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި