ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިސްމާއިލް ސުހައިލް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.
ސުހައިލް އެ މަގާމަށް އައްޔަންކޮށްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ފުލުހުން ވަނީ މިދިޔަ އަހަރު ތަހުގީގުކުރަން ފަށައިފަ އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ސުހައިލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.



