މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
އޭނަ މިދިޔަ މަހުގެ 21 ގައި މަގާމުން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި ވަކީލުންގެ ފަރާތުން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އިސްތިއުނާފު މައްސަލަ ބަލައި ގަންނަން ނިންމީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބާތިލު ކުރުމަށް ފަހު އެވެ. އެގޮތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ނިންމީ އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ
ޝައްމާނާއި އިމިގްރޭޝަނުގެ އިތުރު އޮފިސަރުންތަކާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދަނީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނަގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ޝަމާން މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.




ގުޅުންހުރި
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
މިދިޔަ އަހަރު ފަށާނެ ކަމަށް ބުނި ޒިކުރާ މިސްކިތުގެ މަސައްކަތް މި
ވަގު ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް