ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ރައީސް ފެއްޓެވި ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ މޭޔަރުގެ އިންތިހާބުގައި މާލޭގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާފައިވާނެ ކަމަށެވެ. ހަމައެގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުވެސް ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ފެއްޓެވި ދަތުރުފުޅުތައް މެދުކަނޑާލެއްވީ ރޯދައަށެވެ. އަދި އަންނަ މެއި މަހު އަލުން އެ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
”މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން. ރާއްޖޭން ބޭރުގެ ދަތުރުތައްވެސް ހުންނާނެ. އެހެންވެ މިހާރު އަޅުގަނޑުގެ ޕްލޭނަކީ އޯގަސްޓް މަހުގެ ތެރޭ ކޮންމެވެސް ހިސާބެއްގައި ހުރިހާ ރަށަކަށް ގޮސް ނިންމޭތޯ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ އަވަހަށް ދަތުރު ފައްޓަވާނީ މ. މުއްޔަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއާޕޯޓް ހުޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

167 Comments
ގުޅުންހުރި
ދުންފަތް ވަކި އުމުރަކަށް މަނާކުރަން މިއަދު ކެބިނެޓުން ގޮތެއް ނިންމަނީ
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް
ޔޫކޭއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދުކުރީ 153،000 ރުފިޔާ
ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ