ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައްލަވާ ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އަށް މިހާރު ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ ގޮތް އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.
އާޖެންޓީނާ ރައްޔިތެއް ކަމަށްވާ ޑރ. ޑިއޭގޯ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު، އިތުބާރު ބޮޑު ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ. އޭނާ ފޯރުކޮށްދޭ ހާއްސަ ފަރުވާތަކުގެ ތެރޭގައި ބަނޑާއި ގޮހޮރުގެ މައްސަލަތަކާއި ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމާ ގުޅުންހުރި އެންމެހައި ފަރުވާތައް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކުރިއަރުވައި، ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ޓެލެމެޑިސިން ފަރުވާއަށް ދިވެހިން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ޑރ. ޑިއޭގޯއަށް ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ ގޮތް ހެދުމުގެ ސަބަބުން މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްކުރެވިގެންދާނެ ކަމަށެވެ. ހާއްސަކޮށް ރިސޯޓުތަކުގައި އަދި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ހިދުމަތުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ޓެލެމެޑިސިންގެ ހިދުމަތް ފޯރުކޮށްދެވޭނީ ވީޑިއޯ ކޯލްގެ ޒަރީއާއިންނެވެ. ޑރ. ޑިއޭގޯ އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަން ޖެހޭނީ 3351610 އަށެވެ.

1 Comment
ގުޅުންހުރި
އެއާޕޯޓް ޓާމިނަލް ހަދާ ބިދޭސީންގެ މެދުގައި ބޮޑު މާރާމާރީއެއް، ގިނަ ބަޔަކަށް