ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރްޝަދަށް ދިވެހި ދައުލަތުގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސައޫދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަރުޝަދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. މިއީ ދިވެހި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ. މި އިއްޒަތް މިހާތަނަށް އަށް ބޭފުޅަކަށް އަރުވާފައިވެ އެވެ. ނަމަވެސް ސުލްތާން އަބްދުއްރަހްމާން އަލް މަރްޝަދަކީ އެ އިއްޒަތް އެރުވި ރާއްޖެއިން ބޭރުގެ ފުރަތަމަ ބޭފުޅާ އެވެ.
އޭނާއަށް އެ ޝަރަފު އަރުވަން ރައީސް މުއިއްޒު ނިންމެވީ ސައުދީ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވެދީފައިވާ އަދި ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމުގެ އަގު ވަޒަންކުރުމަށެވެ.
ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެކި ފަހަރު މަތިން ފައިނޭންސިން ހަމަޖައްސާފައިވެ އެވެ.

2 Comments
ގުޅުންހުރި
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
މީ 100 ޕަސަންޓް ޕްރޯ މީޑިއާ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ތިން މެމްބަރުން ތިބެން ރައީސް ބޭނުންފުޅެއް ނުވޭ: ޚަލީލް
ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރު މަހު ހުއްދަ ދެނީ
މަކުނުދޫއަށް ދެން އަންނާނީ އެއާޕޯޓް ހުޅުވައިދޭން: ރައީސް
ވަގަކަށް ވަގެކޭ ގޮވޭނެ؛ ޖެހޭނީ ހަޖަމް ކުރަން، ޔާމީން