ޕައިލެޓުކަން ކިޔަވައިގެން އައިސް ވަޒީފާއެއް ނެތި 200 އަށްވުރެ ގިނަ ކުދިން އެބަތިބި ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ޕައިލެޓުކަން ކިޔަވައިގެން އައިސް ވަޒީފާއެއް ނުލިބިފައި ގިނަ ދުވަސް ތިބެންޖެހޭ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަމީން ވިދާޅުވީ އެކަން އެގޮތަށް ދިމާވާނީ ރާއްޖޭގައި ޕައިލެޓުންގެ ވަޒީފާއަށް ޑިމާންޑު އޮތްވަރަށްވުރެ ގިނައިން ޕައިލެޓުން ތިބުމުން ކަމަށެވެ.
”ރާއްޖޭގައި މިހާރު އެބަތިބި ކަންނޭގެ 200 ވަރަކަށް ކުދިންނަށްވުރެ ގިނައިން ޕައިލެޓް ލައިސަންސް ހަދައިގެން އައިސް ވަޒީފާ ނުލިބިފަ އިނގޭތޯ“ އަމީން ވިދާޅުވި އެވެ.
”ޕައިލެޓެއްގެ ލައިސަންސް ފްލައިން ސްކޫލަކުން ހަދައިގެން އައީމާ ހަމަ އެއީ ކެޑޭޓް ޕައިލެޓުން. އެ ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް ނުހިންގޭނެ އިނގޭތޯ.“
”ވަރަށް ދެރަވޭ. އަޅުގަނޑު ވެސް ވަރަށް ހިތާމަކުރަން. އެހެންވީމަ އަޅުގަނޑުމެން މި ޖެހެނީ މޯލްޑިވިއަން އާއި ޓީއެމްއޭ އެކްސްޕެންޑް ކޮށްގެން އެ ކުދިން އިންޓޭކް ކުރެވޭނެ މިންވަރު އިތުރުކުރުން. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ވަރަކަށްތޯ ސޮލިއުޝަން ދެވޭނީ،“ އަމީން ވިދާޅުވިއެވެ.
މޯލްޑިވިއަންއާއި ޓީއެމްއޭ އެއްކޮށްގެން ވެސް އެ ދެތަނަށް ވަޒީފާއަށް އަހަރަކު ނެނގޭނީ 25 ކެޑޭޓް ޕައިލެޓުން ކަމަށެވެ.

ގުޅުންހުރި
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ދަރުވައިލީ ކުރީ ސަރުކާރުން: އަމީން
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް