ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެކްސްގައި އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއް ކަމަށެވެ.
ރާއްޖޭގައި ވެސް ގިނަ ބަޔަކު ޓިކްޓޮކް ބޭނުންކުރަމުން އަންނައިރު ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އެއިން އާމްދަނީ ހޯދެ އެވެ. އެގޮތުން ލައިވްތަކަށް އަރައިގެން ވެސް ޓިކްޓޮކް މެދުވެރިކޮށް ދިވެހިން ދަނީ އާމްދަނީ ހޯދަމުންނެވެ.




ގުޅުންހުރި
އާ ގާނޫނުގެ ދަށުން ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފި
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް، އެތެރެކޮށް ވިއްކާނީ އެސްޓީއޯއިން
އެސްއީޒެޑުގައި ދަނޑުވެރިކަން ކުރުމުގެ އުސޫލަށް ބޮޑު ބަދަލެއް
މޯލްޑިވްސް އެކްސްޕޯގައި 275 ވަނައެއް ހޮވައި އިނާމު ދީފި، ރަން ވަނަ
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި