ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ ހަތަރު ޓަވަރަކުންނާއި އެމްޕީއެލް ޓަވަރުތަކުން މާދަމާ ކަރަންޓް މެދުކަނޑާލާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ކަރަންޓް މެދުކަނޑާލަން ޖެހެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް13، އެޗް14، އެޗް15 އަދި އެޗް16 އިން ހެނދުނު 10 އިން 11 އަށް އަދި އެމްޕީއެލް ޓަވަރުތަކުން މާދަމާ މެންދުރު 1:30 އިން 3 އަކަށް ކަރަންޓު މެދުކަނޑާލާނެ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ މަސައްކަތަކީ އެ ކުންފުނީގެ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުްމަށްޓަކައި ކުރާ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. ކަރަންޓު ކަނޑާލާ ވަގުތުތައް އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް ބުންޏެވެ.

1 Comment
ގުޅުންހުރި
އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން
ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ތިން ބޭފުޅަކު ރިޓަޔާކޮށްފި
ސްޓެލްކޯ މުއައްޒަފުންގެ ހެލްތް ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފި
މައްޗަންގޮޅިގެ ސަރަހައްދަކުން މާދަމާ ކަރަންޓް ކެނޑިދާނެ
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ހުޅުމާލެ ފޭސް 2 ގައި 3،000 މީހުންގެ ޖާގައިގެ 2 މިސްކިތް